މިއަހަރުގެ މޭ މަހު ފަށާ ދިރާސީ އާ އަހަރާއެކު ގައުމިއްޔަތުގެ ނަމުގައި ވަކި މާއްދާއެއް ކިޔަވައިދޭން ފެށުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ ނާޒިމް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ގައުމިއްޔަތުގެ ވަކި މާއްދާއެއް ކިޔަވައި ދޭން ކެބިނެޓުން މިއަދު ނިންމާފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތުގެ މާއްދާއެއް ކިޔަވައި ދޭން ފެށުމަށް ނިންމީ ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާ ކުރުމުގެ މަގުސަދުގައި ކަމަށެވެ.
ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު، ސްކޫލު ކުދިންނަށް ކިޔަވާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ