ހަށިގަނޑުގެ ތަންތަނުގައި ޓެޓޫ ޖެހުމާއި ގުޅޭ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުން މިއަދު ފަތުވާއެއް ނެރެފިއެވެ.
ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގައި ވަނީ ޓެޓޫ ޖެހުމުގެ ހުކުމް ބަޔާން ކޮށްފައެވެ. އެގޮތުން ފަތުވާގައި ބުނެފައި ވަނީ އެއްވެސް ސިފައެއްގައި ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖެހުމަކީ އިސްލާމްދީން ހަރާމް ކޮށްފައިވާ ކަމެއް ކަމަށެވެ.
ފަތުވާ މަޖިލީހުން ޓެޓޫއާ ގުޅޭ ގޮތުން ނެރެފައިވާ ފަތުވާއަކީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ކޮށްފައިވާ ދިރާއެކެވެ.
"ހަށިގަނޑުގެ އެއްވެސް ތަނެއްގައި، އެއްވެސް ސިފައެއްގައި ޓެޓޫ ޖަހާފައި ބެހެއްޓުމަކީ، ހުއްދަ ނޫނޫން ހަރާމް ކަމެެއް ކަމުގަ އެވެ." ފަތުވާގައިވެއެވެ.
އަަދި ޓެޓޫ ޖެހުމަކީ މާތް ރަސްކަލާނގެ ހައްދަވާފައިވާ ގޮތް ބަދަލުކުރުން ކަމަށް ވާތީ އާއި ޓެޓޫ ޖަހާފައިވާ ތަނަކީ ނަޖިސް ތަނެއް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް ފަތުވާގައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ