އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަންގެ ތިން ދާއިރާގެ ތެރެއިން ދެ ދާއިރާއެއްގެ ގޮނޑި ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން ބާއްވާފައި ވަނީ އެ ސިޓީގެ މޭޔަރުގެ މަގާމާއި އިތުރު ތިން ދާއިރާއެއްގެ ގޮނޑި ހުސްވުމާއި ގުޅިގެންނެވެ. އެންމެ މުހިއްމު މަގާމު ކަމުގައިވާ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމެވެ.
ދެން ސިޓީ ކައުންސިލުން ހުސްވި ތިން ދާއިރާގެ ތެރެއިން މެދުހެންވޭރު ދާއިރާ އާއި މާފަންނު ދެކުނު އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑީގެ ތެރެއިން ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު ހަސަން ނިޒާމްއެވެ. މާފަންނު ދެކުނު ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އާމިނަތު ރިޝްފާއެވެ. މެދު ހެންވޭރު ދާއިރާގެ ކައުންސިލް ގޮނޑިއަށް ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރިޝްވާނެވެ.
މާލޭގެ މޭޔަރުކަމުގެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ތިން ޕާޓީއަކުންނާއި މިނިވަން ދެ ކެންޑިޑޭޓުންނެވެ. ވާދަވެރި ކެމްޕެއިނެއް ކުރިޔަށް ދިޔަ މި އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް މޭޔަރު ކަމަށް އިންތިހާބުވީ ވޯޓުލާން ނިކުތް މީހުންގެ 45 ޕަސެންޓު ވޯޓުންނެވެ. 5،635 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރައްވާފައި ވަނީ އާޒިމާއެވެ. އެގޮތުން އާޒިމާ އަށް 27.8 ޕަސެންޓު ވޯޓު ލިބިފައިވެއެވެ. އެއީ 3،482 ވޯޓެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ