ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާތައް ފަށައިފިއެވެ.
ސަރުކާރުގެ އޮފިޝަލަކު މިއަދު "ހަތާވީސް" އަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރާ އެކު ދުބާއީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ލީޑަރުން އެއްބަސްވެވަޑައިގަތް ގޮތަށް، ދިވެހިރާއްޖެއާ އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާއި ގުޅިގެން ދެ ގައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ހައިލެވެލް ކޮމިޓީއެއް ވަނީ އުފައްދަވާފައެވެ.
"މި ކޮމެޓީގެ ބައްދަލުވުމެއް މިއަދު ހާރިޖީ ވުޒާރާގައި ކުރިއަށް އެބަދޭ. މި ބައްދަލުވުން ނިމުމުން، ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތު ހާރިޖީ ވުޒާރާއިން ހާމަކުރައްވާނެ،" އޮފިޝަލް ވިދާޅުވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލައާ ރާއްޖޭގައި އިންޑިއާ އިން ކުރިޔަށް ގެންދާ މަޝްރޫއުތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށްވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް ވައުދެވެ.
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް