މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް މިއަދު އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމް ހޯއްދެވި ކާމިޔާބީގެ ފަހަތުގައި އޮތީ އޭނާގެ ތެދުވެރިކަމާއި އިހުލާސްތެރިކަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އާޒިމް ހޯއްދެވި ކާމިޔާބީ އަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެކްސްގައި ގާސިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު މާލޭގެ މޭޔަރ ކަމުގެ އިންތިހާބު ކާމިޔާބު ކުރައްވާ އާޒިމް ހޯއްދެވި ކާމިޔާބުގެ ފަހަތުގައިވާ ސިއްރަކީ ތެދުވެރިކަމާއި، ހީވާގިކަމާ އެކު އާޒިމް ކުރައްވާފައިވާ މަސައްކަތް ކަމަށެވެ.
"ގްރޭޓާ މާލެ ތަރައްްގީކޮށް ރައްޔިތުން އެދޭ ފަދަ ސިޓި އަކަށް މާލެ ސަރަހައްދު ހައްދަވައި ދެއްވުމުގައި އިހުލާސްތެރިކަމާ އެކު ރައްޔިތުންނާއެކު ހުންނަވާނޭ ކަމަށް އަޅުގަނޑު ޔަގީން ކުރަމެވެ،" ގާސިމް ވިދާޅުވިއެވެ.
އާޒިމް މި އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނޯ ބޮޑު ތަފާތަކުންނެވެ. އާޒިމް އާއެކު މި އިންތިހާބުގައި ވާދަކުރެއްވީ ސަރުކާރުގެ ފަރާތުން އާއިޝަތު އާޒިމާ ޝަކޫރާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ސައިފް އަދި މިނިވަން ދެ ކެންޑިޑޭޓުން ކަމަށްވާ ހުސައިން ވަހީދުގެ އިތުރުން ޝުއައިބު އަލީއެވެ.
ހެނދުނު 8:00ގައި ފެށި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 54،680 މީހަކަށެވެ. އިންތިހާބުގައި ވޯޓުލާން ނިކުތީ 12،522 މީހެކެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އާޒިމް މި އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުލާން ނިކުތް މީހުންގެ 45 ޕަސެންޓު ވޯޓުންނެވެ. 5،635 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރައްވާފައި ވަނީ އާޒިމާއެވެ. އެގޮތުން އާޒިމާ އަށް 27.8 ޕަސެންޓު ވޯޓު ލިބިފައިވެއެވެ. އެއީ 3،482 ވޯޓެވެ.
ކައުންސިލް އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނަގަނީ
އިލެކްޝަނަށް ރިފްއަތު އައްޔަންކުރަން ފެންނަ ކަމަށް ކޮމެޓީން ނިންމައިފި
ހުޅަނގު އައްސޭރީގެ ބިންތަކާ ގުޅޭ ނިންމުން ރާއްޖޭން ކުށްވެރިކޮށްފި
ގައުމު އަތުވާނީ ދެފުށް ފެންނަ ނިޒާމަކުން އިދާރާތައް ހިންގައިގެން
ކުރިޔަށް އޮތް ފަސް ދުވަހު ވެސް ވައި ނުސާފު ވާނެ: މެޓް
ވަގުތީ ގޮތުން ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި