ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާލިބޭ ފިލްމީތަރި މުހައްމަދު ޔުނާން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޔުނާނާއި އޭނާގެ އަނބިމީހާ އައިމިނަތު ރިހުލާ 2020 ވަނަ އަހަރު ހައްޔަރު ކުރުމަށްފަހު ރިހުލާ މިދިޔަ އަހަރުން ފެށިގެން ގޭ ބަންދަށް ބަދަލު ކުރުމަށްފަހު މިދިޔަ މަހު ހުޅުމާލޭ ކޯޓުން ޔުނާން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ.
ފުލުހުން އިއްޔެ ވަނީ އާ އަމުރެއްގެ ދަށުން ޔުނާން ހައްޔަރުކޮށްފަ އެވެ. އަދި އޭނާ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލޭ ކޯޓަށް ގެންދިއުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އެ ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.
ޔުނާން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ހަފުތާގައި ނިންމީ އޭނާ ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށްވާތީ އޭނާގެ ބަންދާ މެދު ދަށު ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
ނަމަވެސް އޭގެ ބަދަލުގައި ފުލުހުން އިއްޔެ ނިންމީ އާ އަމުރެއްގެ ދަށުން ޔުނާން ހައްޔަރު ކުރުމަށެވެ.
ޔުނާނާއި ރިހުލާގެ މައްޗަށް ދައުވާކުރާ މައްސަލަ ހުޅުމާލޭ ކޯޓުގައި އޮތީ ނިމުމަކާ ގާތަށް ގޮސްފައެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި