އެމްޑީޕީ މަޑު މަޑުން އޮތީ ރައްޔިތުން އިންތިހާބުކުރި ސަރުކާރަކަށް ވަގުތުކޮޅެއް ދިނުމަށް ކަމަށާއި ނަމަވެސް ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ދެން މަޑުން ތިބެވޭކަށް ނެތް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ތިން ދާއިރާއެއްގެ ބައި އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ނިންމުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ އާ ސަރުކާރު އައި ގޮތަށް އެމަނިކުފާނުގެ ސަރުކާރުން ފެށި އެތައް ޕްރޮޖެކްޓެއް މިއަދު ހުއްޓާލާފައިވާ ކަމަށެވެ.
ނަމަވެސް ރައްޔިތުން އަބަދަކު ބަލަން ނުތިބޭނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީ އަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި ޒިންމާދާރު ގޮތެއްގައި އެޕާޓީން އެގޮތަށް ކުރާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ރައީސް މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށާއި އެކަން ނުކޮށްފި ކަމަށްވާ ނަމަ ދިވެހިން އަނެއްކާ ވެސް ބޮޑު އަނދަވަޅަކަށް ވެއްޓިގެން ދާނެ ކަމަށެވެ. މިއަދު ކަންކަން ވެގެން ދާގޮތަށް ބަލާއިރު ގެއްލިގެން ދަނީ ހަމައެކަނި ރާއްޖޭގެ އަމަން އަމާންކަން އެކަނި ނޫން ކަމަށާއި އިގްތިސޯދީ ގޮތުން ވެސް އެތައް ދައްޗެއް ކުރިމަތިވާއިރު ހާރިޖީ ގުޅުންތައް އެއްކޮށް ކެނޑިގެންދާ އިބޫ ވިދާޅުވިއެވެ.
"މި ހުރިހާ ކަމަކަށް ބަލާ އަޅުގަނޑުމެން އަނެއްކާވެސް އެކީގައި ރުކުލާވާލައިގެން ނިކުންނަންޖެހޭ. މިހާތަނަށް އަޅުގަނޑުމެން މަޑު ކޮށްލައިގެން މިތިބީ ރައްޔިތުން އިންތިހާބުކުރި ސަރުކާރަކަށް ވާތީ ވަގުތުކޮޅެއް ދޭންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަދިވެސް އަޅުގަނޑު ހިތަށް އަރާ އަދި ބަލާލަން މަޑުކޮށްލާނީއޭ.... އެކަމަކު އަޅުގަނޑަކަށް ދެނެއް ހިއެއްނުވޭ ބަލަން ތިބެވޭނެ ހެނެއް،" އިބޫ ވިދާޅުވިއެވެ.
އިބޫގެ ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމު ތައާރަފު ކުރި ބަޔަކީ އެމްޑީޕީ ކަމަށާއި އެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ކަންކަން ކޮށްދޭން އިނގޭނީ ވެސް އެމްޑީޕީ އަށް ކަމަށް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ވަގުތުކޮޅެއް ދެވިއްޖެކަމަށް ވިދާޅުވިއިރު އަދި މިވެރިކަމަށް 2 މަސްމިވީ ، ވަރަށް ވަގުތު ދެވިއްޖެއެއްނުން
އިބްރާހިމް