ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުމަކީ ރާއްޖެ އަށް މުހިއްމު ގުޅުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރައީސް މުއިއްޒު މިއަދު ވަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ އިންޓަނޭޝަނަލް)ގެ ރައީސް ޗާން ޔޮންޗުންއާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ރައީސްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވަމުންގެންދަވާ އެ ދަތުރުފުޅުގެ ސަބަބުން، ދެ ގައުމުގެ ގުޅުންތައް އައު ހަރުފަތަކަށް ގެންދެވިއްޖެ ކަމުގައި ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ޗައިނާއަށް ކުރެއްވުމަކީ އެމަނިކުފާނަށްވެސް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމުގައި ވިދާޅުވެފައެވެ. އަދި ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ދިވެހި ސަރުކާރަށް ވަރަށް މުހިންމު ގުޅުމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، ބީޔޫސީޖީ އިންޓަނޭޝަނަލްގެ ރައީސް ވަނީ އެ ގްރޫޕުން ކުރިއަށް ގެންދަވާ ތަފާތު މަޝްރޫއުތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމުގައި ދިވެހި ސަރުކާރަށް ބީޔޫސީޖީ އިންޓަނޭޝަނަލް އިން އެއްބާރުލުން ދެއްވާނެކަމުގައިވެސް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ބީޔޫސީޖީ އިންޓަނޭޝަނަލް އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މުހިންމު މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ރައީސް މުއިއްޒު ހިއްސާ ކުރެއްވިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް