ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ސިޔާސީ ގުޅުމުގެ އައު ބާބެއްގެ ފެށުން ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.
ޗައިނާއަށް ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ސަރުކާރުގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަފުޅުތައް މިއަދު ވަނީ ބާއްވައިފައެވެ. ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައެވެ.
ރަސްމީ ވާހަކަފުޅުތަކުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުމުގައި ޗައިނާއިން މުހިންމު ދައުރެއް އަދާކުރާކަން ޝުކުރުވެރި ކަމާއެކު ފާހަގަކުރައްވާފައެވެ. އަދި، ވޭތުވެދިޔަ އަހަރުތަކުގައި އެ ގައުމުގެ ދީލަތި އެހީ އެކި ދާއިރާތަކުން ރާއްޖެއަށް ލިބިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެގޮތުން ބޯހިޔާވަހިކަމާއި، ތައުލީމީ ދާއިރާއާއި އުމްރާނީ ތަރައްގީގައި ލިބިފައިވާ އެހީ ރައީސުލްޖުމްހޫރިއްޔާ ވަކިން ހާއްސަކޮށް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން، ރަސްމީ ވާހަކަފުޅުގެ ތެރޭގައި މަޝްވަރާކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ނިމުނު ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ހޯއްދެވި ކާމިޔާބީއަށްޓަކައި މަރުހަބާ ދެންނެވިއެވެ. ހަމައެހެންމެ ނޫ އިގްތިސޯދާއި ފެހި އިގްތިސޯދުގެ އިތުރުން ޑިޖިޓަލް އިގްތިސޯދު ހިމެނޭހެން ތަފާތު ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުގައި ދެ ލީޑަރުން ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމުގެ އުއްމީދު އައުކުރެއްވިއެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި