މިއަދު ހަވީރުއްސުރެ މާލެ އަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ފެން ވަދެއްޖެއެވެ.
އެމްއެންޑީއެފް އިން މިރޭ ބުނީ މާލެއަށް ބޯކޮށް ވާރޭ ވެހޭތީ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ފަށާފައިވާ ކަމަށެވެ.
އަދި ބުނީ މާލެ އަށް ވެހެމުންދާ ވާރޭގެ ސަބަބުން މާލޭގެ ބައެއް ގެތަކަށް ފެންވަންނަމުން ދާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިފައިން މިހާތަނަށް ހަ ގެއެއްގައި ވެލިބަސްތާ ޖަހައިދީފައިވާ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިރޭ ވަނީ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ރަށްތަކާއި ހަމައަށް ޔެލޯ އެލާޓު ނެރެފައެވެ. އެލާޓު ނެރެފައި ވަނީ މިއަދުގެ ހަވީރު 20:00 އިން ރޭގަނޑު 00:00އާ ހަމައަށެވެ.
އެވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މެޓު އޮފީހުން ރޭ ވަނީ ކުރިޔަށް އޮތް ތިން ދުވަހު ރާއްޖެ އަށް މޫސުން ގޯސް ވެދާނެ ކަމަށް ބުނެފައެވެ. އެއީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުން ދާތީ ކަމަށް މެޓުން ބުންޏެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް