ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެގައުމުގެ ރައީސް ޝީ ޖިންޕިން، ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.
ރައީސްގެ ދެކަނބަލުން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ މިއަދުއެވެ. ރައީސް މުއިއްޒަށް ޗައިނާގެ ރައީސް ޝީ ރަސްމީކޮށް މަރުހަބާ ދެންނެވީ ރަތް ދޫލައިގައެވެ.
ރަސްމީކޮށް މަރުހަބާ ދެންނެވުން ނިމުމުމުން ދެގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ވަނީ ބާއްވައިފައެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ޗައިނާގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި އިއްޔެ ރައީސް މުއިއްޒު ވަނީ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ހުޅުވައި ދެއްވައިފައެވެ. އަދި އެ ފޯރަމްގައި ރާއްޖޭގައި ސަރުކާރުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތަކަށް ޗައިނާގެ ކުންފުނިތަކުގެ އެހީ އަށް ހުޅުވާލިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ