ސޯޝަލް މީޑިއާ ޕްލެޓްފޯމު އެކްސްގައި "ހަސަން ކުރުސީ" ނަމަކަށް ކިޔާ އެކައުންޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަރިކަނބަލުން މީރާ އޮޕަރޭޓު ކުރާ އެކައުންޓެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ނަޝީދު ދޮގު ކުރައްވައިފިއެވެ.
ދާދިފަހުން އިންޑިއާގެ ލަކްޝަދީބު ޕްރޮމޯޓު ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓުތަކަކަށް ބައެއް ދިވެހިން ބޭއަދަބީކޮށް ވާހަކަދެއްކި މައްސަލާގައި އިންޑިއާގެ ބައެއް ރައްޔިތުންނާއި ދިވެހިންނާއި ދެމެދު އަންނަނީ ބަހުގެ ހަމަލާތަކެއް ދެމުންނެވެ.
އެގޮތުން އެކަމުގައި އިންޑިއާ އަށް އެންމެ ބޮޑަށް ފާޑުކިޔާ ރާއްޖޭގެ އެކްސް އެކައުންޓުތަކުގެ ތެރޭގައި ކުރުސީ ހިމެނެއެވެ. އިންޑިއާގެ ބައެއް އެކައުންޓުތަކުން އަންނަނީ އެ އެކައުންޓު އޮޕަރޭޓު ކުރަނީ ޔޫކޭ އިން ކަމަށާއި އަދި އެ އެކައުންޓު އޮޕަރޭޓު ކުރަނީ ނަޝީދުގެ ދަރިކަނބަލުން ކަމަށް ތުހުމަތުކޮށްފައެވެ.
އެކަމާއި ގުޅިގެން ނަޝީދު އެކްސްގައި މިއަދު ވިދާޅުވީ ކުރުސީ އެކައުންޓަކީ އޭނާ އޮޕަރޭޓް، އަދި ކޮންޓްރޯލް ކުރައްވަމުން ގެންދަވާ އެކައުންޓެއް ނޫން ކަމަށެވެ. އަދި ދަރިކަނބަލުން މީރާއާ ވެސް އެ އެކައުންޓާ ގުޅުމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން އެ އެކައުންޓުން އިންޑިއާއާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަކީ ނަޝީދު ތާއިދު ކުރައްވާ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.
މީގެކުރިން ވެސް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ކުރުސީ އަކީ އެމަނިކުފާނާ ގުޅުން އޮންނަ އެކައުންޓެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ