ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓަށް ޗައިނާވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ޗައިނާގައި ފެށި އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކޮވިޑް19 ގެ ކުރިން ޗައިނާގެ މާކެޓު ވެގެން ގޮސްފައި ވަނީ ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓަށް ކަމަށެވެ. އެހެންކަމުން އަލުން އެ މާކެޓު ރާއްޖޭގެ ފަތުރުވެރިކަމުގައި އެއްވަނަ މާކެޓަށް ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުގެ އެދުމަކީ އަޅުގަނޑުމެން ގުޅިގެން، އެ މަގާމު [ފަތުރުވެރިކަމުގައި ރާއްޖޭގެ 1ވަނަ މާކެޓު ޗައިނާ އިން ހޯދުން] އަލުން ހޯދަން ކުރާ މަސައްކަތް އިތުރަށް ވަރުދަގަކުރުން،" ރައީސް ވިދާޅުވިއެވެ.
ކޮވިޑް19 ގެ ސަބަބުން ޗައިނާގެ ބޯޑަރުތައް ބަންދުކޮށް އަލުން ހުޅުވާލީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރު ނިމުނުއިރު ޗައިނާ ވެފައި ވަނީ ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިގްތިސޯދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ހިމެނެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް