ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާއެއް އޮތް ކަމަށް ބުނެ ނޫހަކުން ފެތުރި ހަބަރު އެ ކޯޓުން ދޮގުކޮށްފި އެވެ.
އިސްލާމިކް ބޭންކުން އާޒިމާ ނަންގަވާފައިވާ ގެދޮރުވެރިކަމުގެ ލޯނެއް ނުދައްކާ އޮތް މައްސަލާގައި ހަތަރު މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އޭނާގެ ޣައިރު ހާޒިރުގައި ހުކުމްކޮށްފަ އެވެ.
އެ ހުކުމްކޮށްފައި ވަނިކޮށް ފައިސާގެ އެހެން މައްސަލައެއްގައި ވެސް އާޒިމާގެ މައްޗަށް އިތުރު ދައުވާއެއް ކޮށްފައިވާ ކަމާއި އެ މައްސަލާގެ ހުކުމަށް ސިވިލް ކޯޓުން ތައްޔާރުވެފައިވާ ކަމަށް ބުނެ ނޫހެއްގައި ހަބަރެއް ޝާއިއުކުރި އެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕްލެޓިނަމް ރިއަލް އެސްޓޭޓްގެ ފަރާތުން އާޒިމާގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ނޫހެއްގައި ބުނެފައިވީ ނަމަވެސް އެފަދަ މައްސަލައެއް އެ ކޯޓުގައި ރަޖިސްޓާ ކޮށްފައި ނުވާ ކަމަށެވެ.
އެ މައްސަލައިގެ ލިޔެކިޔުންތަކެއް ކަމަށް ބުނެ އެ ނޫހުން އާންމު ކޮށްފައި ވަނީ ވެސް ސައްހަ ލިޔެކިޔުންތަކެއް ނޫން ކަމަށް ސިވިލް ކޯޓުން ބުންޏެވެ.
އެހެންވެ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ގާނޫނީ އިމުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
ހަގީގަތާ ހިލާފު ހަބަރެއް ފެތުރި ކަމަށް ބުނެ އެ ނޫހާ ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ވެސް އާޒިމާ ވަނީ ނިންމައިފަ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ