ރާއްޖެ އަށް މިއަހަރު އައި ފުރަތަމަ ކްރޫޒްލައިން މާލޭ އަށް ބަނދަރުކޮށްފިއެވެ.
ރާއްޖެ އަށް ބަނދަރު ކޮށްފައި ވަނީ އިޓަލީގެ މަޝްހޫރު ކްރޫޒްލައިން ކުންފުންޏެއް ކަމަށްވާ ކޮސްޓާގެ "ކޮސްޓާ ސެރީނާ" ނަމަކަށް ކިޔާ ކްރޫޒްލައިނެކެވެ. މި ކްރޫޒްލައިނުން 3000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކްރޫޒްލައިނާ ރާއްޖެ އަށް އައިސްފައި ވަނީ އިންޑިއާގެ ކޮޗިން އިން ފުރައިގެންނެވެ. އެހެންކަމުން މި ކްރޫޒްލައިނުން ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން ގިނައީ އިންޑިއާގެ ފަތުރުވެރިންނެވެ. ނަމަވެސް ޔޫރަޕްގެ އެހެން ގައުމުތަކުގެ ފަތުރުވެރިން ވެސް މި ކްރޫޒްލައިނުން ރާއްޖެ އަށް އައިސްފައިވެއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިއީ "ކޮސްޓާ ސެރީނާ" އިން މިއަހަރު ކުރާ ފުރަތަމަ ދަތުރު ކަމަށެވެ. އަދި މި ކްރޫޒްލައިން ރާއްޖެ ގެނައުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދިން އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް ބުންޏެވެ.
ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވުމާއި ބަނދަރުކުރުމާއި ބެހޭ ގަވާއިދަށް ކުރީގެ ސަރުކާރުން ހަދާފައިވާ ގަވާއިދުގެ ސަބަބުން ރާއްޖެ އަށް ކްރޫޒްލައިންތައް ގެނައުމަށް ދަތިތައް ކުރިމަތިވާ ކަމަށް ބުނެ މީގެކުރިން މާޔާ އިން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ. އެއާއެކު ސަރުކާރުން ވަނީ އެ ގަވާއިދު އިސްލާހު ކޮށްފައެވެ.
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި