މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓަށް ލިބިފައިވާ ގެއްލުންތަކަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނާއިބު މިއަދު ވަނީ މާލޭގެ ބައެއް ކޯޓުތަކަށް ވަޑައިގެންފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ކްރިމިނަލް ކޯޓާއި، ސިވިލް ކޯޓާއި، ފެމިލީ ކޯޓުގެ އިމާރާތްތަކުގެ ހާލަތު ބެއްލެވުމަށް އެ ކޯޓުތަކަށް ވަޑައިގެންފައެވެ. އެ އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް، ހިސާން ހުސެއިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ކްރިމިނަލް ކޯޓުގެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކޯޓުގެ ޝަރީއަތްތައް ހިންގުން މަޑުޖެހިފައިވާތީ، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭޖީ ވިދާޅުވެފައިވާ ކަމަށެވެ.
މިދިޔަ މަހު މާލެ އަށް ކުރި ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓަށް ގެއްލުންވެ މިމަހުގެ ދެވަނަ ދުވަހު ތާވަލުކުރި ޝަރީއަތްތައް ވެސް ކެންސަލް ކުރިއެވެ. އެކަމުގެ ސަބަބުން މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަން ދަތިތަކެއް ކުރިމަތިވިއެވެ. މެޖިސްޓްރޭޓު ކޯޓުތަކުން ހިންގާ ޝަރީއަތްތަކުގައި މާލޭގައި ތިބޭ މީހުންގެ ހެކިބަސް ނަގަނީ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްގެންނެވެ.
އެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އަދި އެކަން ހައްލުކުރަން ކުރެވެން ހުރި މަސައްކަތްތައް ކޮށްދޭން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު