މާލެ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އާދަމް އާޒިމަކީ މާލޭ ރައްޔިތުންނަށް އޮތް އާ އުއްމީދެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ގަލޮޅު ކަންމަތީގައި ރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ މޭޔަރު ބައި އިލެކްޝަނުގެ ކެމްޕެއިނުގައި މާލޭގެ ގޭގެއަށް ދޮރުން ދޮރަށް ހިނގާލުމުން ލިބިގެންދާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މާލޭގެ ރައްޔިތުންނަށް އާޒިމަކީ ކަން ކުރާނެ ބޭފުޅެއްކަން ޔަގީންވެގެން ދިއުން ކަމަށެވެ.
"ވެދުން ދަންނަވާފައި ދަންނަވައްޗޭ އާދަމް އާޒިމަށް މާތް ރަސްކަލާނގެ އިރާދަފުޅުން ވޯޓު ދޭނަމޭ،" މާލޭގެ ރައްޔިތުން އާޒިމްއާ މެދު ދެކޭ ގޮތް ހިއްސާ ކުރައްވަމުން މާރިޔާ ވިދާޅުވިއެވެ.
ހަމައެކަނި އެހެން ބުނެލުމަކުން ނުފުދޭ ކަމަށާއި މޭޔަރު އިންތިހާބުގައި ވޯޓުލެވޭ މާލޭގެ ރައްޔިތުން އަންނަ ހޮނިހިރު ދުވަހު ހެނދުނު ހެނދުނާ ނިކުމެ ވޯޓު ފޮށިތައް އާދަމް އާޒިމަށް ވޯޓު ދީ ފުރާލަ ދިނުމަށް މާރިޔާ ވަނީ ވަނީ އިލްތިމާސް ކުރައްވާފައެވެ.
"އަޅުގަނޑުމެން ނުކުމެ ހެޔޮ ފާހަގަ އަޅުގަނޑުމެން ޖެހީމަ އަޅުގަނޑުމެންނަށް ބޯހިޔާވަހި ކަމަކަސް އަޅުގަނޑުމެން މާލޭގައި ތޮއްޖެހިފައި އޮންނަ ތޮއްޖެހުމަކަސް މަގުމައްޗަށް ވެސް އެ ނޫން ހައްލުތައް ވެސް އަޅުގަނޑުމެންނަށް މާލެއަށް ހޯދައި ދެވޭނީ،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ވެސް ކުރައްވާފައިވާ މާރިޔާ ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ