އޮންލައިން ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގިނަވެގެން އެއް ހަފްތާގެ ތެރޭގައި އީ-ވޮލެޓްގެ ހިދުމަތް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.
އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އިކޮނޮމިކް މިނިސްޓްރީން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހެއްގެ މައްޗަށް ބިނާކޮށެވެ.
ރައީސް އޮފީހުން ބުނީ އީ ވޮލެޓު ހިދުމަތުގެ އިތުރުން އީ-ކޮމަރސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލް އަށް އެކްސެސް ހޯދުމާއި، އެފަދަ އެހެން ޕްލެޓްފޯމްތަކުގެ އެކްސެސް ހޯދުމުގެ ގޮތުން އެފަދަ ހިދުމަތްތައް ދޭ އެހެން ފަރާތްތަކާއެކުވެސް މަސައްކަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ނިންމަވާފައިވާ ކަމަށެވެ.
މީގެ އިތުރުން ސައިބާ ސެކިއުރިޓީގެ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމާ ގުޅޭ ބިލެއް ޑްރާފްޓުކުރުމާއި، ސައިބާ ސެކިއުރިޓީގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ކެޕޭސިޓީ ވަރުގަދަ ކުރުމަށްޓަކައި ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ތުރުކީވިލާތާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވެސް އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ވަނީ ނިންމަވައިފައެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި