ރާއްޖެއާ ގާތް ގުޅުންތައް ބާއްވަމުން އަންނަ ގައުމުތަކުގެ ލީޑަރުންނަށް މަލާމާތްކޮށް އިހާނެތި ބަސްތައް ބޭނުން ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބޭރުގެ ލީޑަރުންނާއި އަދި ބޭރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު އިހާނެތިކޮށް ވާހަކަ ދައްކަމުންދާކަން ދިވެހި ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ ހިޔާލުތަކަކީ އެ ހިޔާލުތައް ފާޅުކުރާ ފަރާތްތަކުގެ އަމިއްލަ ހިޔާލުތަކެއް ކަމަށާއި އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒު ކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށް ވެސް ބުންޏެވެ.
"ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފްރަތާއި، ރުޅިވެރިކަން ނުފެތުރުމާއި، ރާއްޖެއާއި ބައިނަލްއަގުވާމީ ބައިވެރިންގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށެވެ" ބަޔާނުގައިވެއެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި އެފަދަ އިހާނެތި ބަސްތައް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ބުންޏެވެ.
މި މައްސަލަ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތާއި ގުޅޭ ވީޑިއޯތަކަކަށް ރާއްޖޭގެ ސަރުކާރުގެ ޑެޕިއުޓީ ދެ މިނިސްޓަރަކު ފާޑު ވިދާޅުވި މައްސަލައެވެ. އެ ދެ ޑެޕިއުޓީ މިނިސްޓަރުންނަކީ ޔޫތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފްއެވެ.
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ