ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް މޮންޓަނޭގްރޯ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ހިނގާދިޔަ ހަރަދުތަކުގެ ތަފްސީލު ސަރުކާރުން ހާމަކޮށްފިއެވެ.
މިދިޔަ މަހު ނާއިބު ރައީސް މޮންޓަނޭގްރޯ އަށް ކުރެއްވި ދަތުރުފުޅަށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުވެފައެވެ. ރައީސް އޮފީހުން މިއަދު ވަނީ އެ ދަތުރަށް ހިނގާދިޔަ ހަރަދުތަކުގެ ތަފްސީލު މީޑިއާ އަށް ހިއްސާ ކުރައްވާފައެވެ.
ދަތުރުގެ ތަފްސީލު:
- ދަތުރު ކުރެއްވުމަށް ޓިކެޓަށް ދިޔަ ހަރަދު (ބިޒްނަސް ކްލާސް): 492،746 ރުފިޔާ
- ޕޮކެޓް މަނީ އަށް ދިޔަ ހަރަދު (ފަސް ބޭފުޅަކަށް): 64،638 ރުފިޔާ
- ފަރިއްކޮޅުގެ ހަރަދު: 23،823 ރުފިޔާ
- އިސްތަންބޫލްގައި ފަރިއްކޮޅަށް ދިޔަ ހަރަދު: 7،895 ރުފިޔާ
- ވިސާއަށް ދިޔަ ހަރަދު: 633 ރުފިޔާ
- މުޅި ޖުމްލަ: 589،736 ރުފިޔާ
ނާއިބު ރައީސް ހުސައިން މޮންޓަނޭގްރޯ އަށް ވަޑައިގަތީ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ފޯ ސެކިއުރިޓީ، އިންޓާނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް އެލެކްސާ ބެޗިޗްގެ ދައުވަތަކަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ