ކުރިޔަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާދަމް އާޒިމް، އެ މަގާމަށް އިންތިހާބުވެވަޑައިގެންފި ނަމަ، ވަލު ދޮރާށިން ވަދެގެން ދެމުން ގެންދާ ހުރިހާ ހިދުމަތްތަކެއް ވަގުތުން ހުއްޓާލައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވައިފިއެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން މިރޭ ގެނެސްދިން "މާލެ މޭޔަރު ބަހުސް"ގައި ވާހަކަދައްކަވަމުން އާޒިމް ވަނީ އޭނާގެ މޭޔަރުކަމުގައި ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ކުރައްވާނެ ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅަލުގެ މައްސަލަ އަށް ހަމަސް ދުވަހުގެ ތެރޭގައި ހައްލެއް ގެންނަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"ސަލާން ނުޖަހާ ސިޓީ ކައުންސިލުން ހިދުމަތް ލިބޭނެ ގޮތް ގާއިމް ކުރާނަން،" އާޒިމް ވިދާޅުވިއެވެ.
ދިވެހިންނަކީ ސައްތައިން ސައްތަ އިސްލާމުން ކަމަށްވާއިރު މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ހާލަތު ހުރީ ވަރަށް ދެރަވަރުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އޭނާގެ މޭޔަރުކަމުގައި މިސްކިތްތަކަކީ ރީތި އަދި އެތަންތަނުގެ ފާހާނާތަކަކީ ވެސް ރީތިކޮށް ބެލެހެއްޓޭނެ ތަންތަން ކަމުގައި ހައްދަވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ މޭޔަރުކަމުގައި މިސްކިތްތަކުން ދުވާނީ މީރު ވަސް،" އާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ވެސް އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން ދެމުން ގެންދާ ހިދުމަތްތަކާއި ކުރާ ވިޔަފާރިތައް ވެސް އޭނާގެ މޭޔަރުކަމުގައި ކުރެވިގެން ދާނީ އުސޫލެއްގެ ތެރެއިން ކަމަށެވެ.
ދޮގު ތުހުމަތުކޮށް މީހުންގެ އަބުރު ކަތިލުމަކީ އާދައަކަށް ވެއްޖެ ކަމަށާއި އޭނާގެ މޭޔަރުކަމެއްގައި މާލޭގެ ގެއްލިފައިވާ އިޖުތިމާއީ ފޭރާން ރީތި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ