ރާއްޖެއަށް މުދާ އުފުލާ ބޯޓު ފަހަރު ދަތުރު ކުރަމުންދާ މަގަށް އަމާޒުވާ ގޮތަށް ހަނގުރާމަވެރި ހަމަލާތަކެއް ދިން ކަމަށް ބުނެ ބައެއް މީޑިއާތަކުގައި މިއަދު ރިޕޯޓު ކޮށްފައިވާ ވާހަކަތައް އެމްއެންޑީއެފް އިން ދޮގުކޮށްފިއެވެ.
އެކްސްގައި އެމްއެންޑީއެފް އިން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހަައްދާއި ކައިރިން ދަތުުރުކުރި އެއްވެސް އުޅަނދަކަށް ޑްރޯން ބޭނުން ކޮށްގެން ހަމަލާއެއް ދީފައިވާކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
އެކަމާއި ގުޅޭ ގޮތުން އިތުރަށް ބެލި ބެލުމުން، ފެތުރެމުންދާ ބަައެއް މައުލޫމާތާއި ފޮޓޯއަކީ މިީގެ ކުރިން "ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން" ހިނގާފައިވާ ހާދިސާތަކާބެހޭ މައުލޫމާތާއި ފޮޓޯތަކެއްކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
"މިފަދަ ހާދިސާއެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ ރާއްޖެއާ ކައިރިން ހިނގިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް. އަދި މިފަދަ މައުލޫމާތެއް، ސަރަހައްދީ އިދާރާތަކަށް ވެސް ލިބިފައިވާކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަން ފާހަގަކުރަން،" އެމްއެންޑީއެފް އިން ބުންޏެވެ.
އެހެންކަމުން އެމްއެންޑީއެފް އިން ބުނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރި ހިސާބެއްގައި، އެފަދަ ހާދިސާއެއް ހިނގި ކަމަށް ބުނެ ފަތުރަމުންދާ ހަބަރަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ