ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓާއި އަދިވެސް އެނޫން ސަރުކާރުގެ ބައެއް ވެބްސައިޓުތައް ޑައުންވެއްޖެއެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް މިރޭ "ހަތާވީސް" އަށް ވިދާޅުވީ ރައީސް އޮފީހުގެ ވެބްސައިޓަށް ދިމާވި މައްސަލަ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަކީ (އެންސީއައިޓީ) އާއި ކަމާ ގުޅުންހުރި އެހެން މުއައްސަސާތައް ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
ރައީސް އޮފީހުގެ ވެބްސައިޓަށް ނުވަދެވެނީ ސީދާ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ނޭނގެއެވެ. ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ ރައީސް އޮފީހުގެ ވެބްސައިޓުގެ އިތުރުން ސަރުކާރުގެ ބައެއް އެހެން މިނިސްޓްރީތަކުގެ ވެބްސައިޓަށް ސައިބާ އެޓޭކެއް އައީ ކަމަށް ބުނަމުންނެވެ. ނަމަވެސް މިކަމުގެ ހަގީގަތެއް ނޭނގެއެވެ.
ދެން މައްސަލަ ދިމާވެ ޑައުންވެފައިވާ ވެބްސައިޓުތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓާއި ފޮރިން މިނިސްޓްރީގެ ވެބްސައިޓު ހިމެނެއެވެ.
މީގެކުރިން ބެސް ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ ވެބްސައިޓުތައް ޑައުންވެފައި އެބަހުއްޓެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ