ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ނެރެފި އެވެ.
ހުޅުމާލޭގައި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީލައިފް ކުންފުނިން އެތައް ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައި ވަނިކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު އޭނާ ފުރަން ހުއްދަ ދިނީ ބޭސްފަރުވާއަކަށެވެ.
އެ މައްސަލަ ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައިވަނީ އެ ކޯޓުން އެ މައްސަލަ ނިމެންދެން އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާކުރަން ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަންގާ ކަމަށެވެ.
ބޭސްފަރުވާއަށް ވަކި މުއްދަތަކަށް ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނަސް، ދައުލަތުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން އައްމަޓީއަށް ސްރީލަންކާއަށް އެތެރެ ނުވެވުނު ކަމަށް އޭނާގެ ފަރާތުން ކޯޓުގައި ކުރިން ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި