ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފަށާފައިވާ 4،000 ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިޔަށް ދަނީ ޝެޑިއުލް ކޮށްފައިވާ ގޮތަށް ކަމަށާއި އެ ފްލެޓުތަކުގެ މަސައްކަތް ކުރިޔަށް އޮތް ތަނުގައި އަވަސް ވާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
އެފްޑީސީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ދަނީ ހަމަޖެހިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކަމަށެވެ. އެ ޔުނިޓުތައް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ޔުނިޓުތަކުގެ ހައްގުވެރިންނާ ހަވާލުކުރުމަކީ އެކުންފުނިން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތް ކަމަށް ވެސް ބުންޏެވެ.
އެގޮތުން ބައެއް ޓަވަރުތަކުގެ މަސައްކަތް ޝެޑިއުލަށްވުރެ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށް އެފްޑީސީން ބުންޏެވެ.
"ދެހާސް ތޭވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މަސައްކަތް ހަލުވިކުރެވިފައިވާ ޓަވަރުތަކުގައި 31 ޝީޓް އަޅައި ނިންމާފައިވާއިރު މިއީ މި މަޝްރޫއުގައި މިހާތަނަށް ކުރިއަށް ގެންދެވުނު އެންމެ ހަލުވި ސްލެބް ސައިކަލްކަންވެސް ފާހަގަކޮށްލަމެވެ،" އެފްޑީސީން ބުންޏެވެ.
އެކުންފުނިން ބުނީ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް އެ ހައުސިން ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާއިރ،ު އެ ކޯޕަރޭޝަނުގެ މަސައްކަތްތެރިން ސައިޓުތަކުގައި ތިން ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިހާރު މިކޯޕަރޭޝަނުން ކުރަމުން ދަނީ ޔުނިޓްތައް ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ތައްޔާރުވުމުގެ މަސައްކަތެވެ." ބަޔާނުގައިވެއެވެ.
ޔުނިޓްތައް ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްޑީސީން ބުނި ނަމަވެސް މިއަދު ބައެއް މީޑިއާތަކަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ ފްލެޓު ލިބުނު މީހުންނަށް ލިޔުން ދޭން ފަށާނީ އޭސީސީގެ ތަހުގީގު ނިންމައި ވަކި ގޮތެއް އެންގުމުން ކަމަށް ބުނެފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް