ރާއްޖެ އައި ދިވެހި ޒުވާން ދެމަފިރިންގެ ލަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިގެން ހައްޔަރުކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 27 އަހަރުގެ ދިވެހި ފިރިހެނަކާއި ހދ. ނެއްލައިދޫއަށް ނިސްބަތްވާ 20 އަހަރުގެ އަންހެނެކެވެ.
އެ މީހުން ބަންދު ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން އެ ދެމަފިރިން ރާއްޖެ އައިއިރު ގެނައި ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެ ދެމަފިރިންގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް އަމުރުގައިވެ އެވެ.
ކޯޓުން ވަނީ މި ދެ މީހުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.
މަސްތުވާތަކެތި ފެނުނު ލަގެޖަކީ މީހަކު ބުނެގެން ގެނައި އެއްޗެއް ކަމަށް މި މީހުން ބުނެފައިވާއިރު މިކަމުގައި އިތުރު ބައެއްގެ ބައިވެރިވުން ވާކަމަށް ބުރަވެވޭ ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ