ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަން ފަށައިފިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ދޫކޮށްފައެވެ. ނަމަވެސް ވެރިކަން ނިމުނުއިރު ރަޖިސްޓްރީ ލިބިފައި ވަނީ ބައެއް ފަރާތްތަކަކަށެވެ. ބިމުގެ ރަޖިސްޓްރީ ނުލިބޭ މީހުން އަންނަނީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޅު ކުރަމުންނެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފައިނަލް ލިސްޓު ގެޒެޓު ކުރިިއިރު ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ލިސްޓުގައިވާ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތާއި އެއްގޮތަށް ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށެވެ.
އަދި ވިދާޅުވީ މި ހަފްތާގައި ތެރޭގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިޔަށް ގެންދާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީ އިން އިއްޔެ ވަނީ ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރަން ފަށާފައެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލު ކޮށްފައި ނުވާ މީހުން އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން