ތުޅާދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މިހާރުގެ މެންބަރު ހިސާން ހުސައިން އިތުރު ދައުރަކަށް މަޖިލީހަށް ކުރިމަތި ނުލާން ނިންމަވައިފިއެވެ.
ހިސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތުޅާދޫ ދާއިރާ ތަމްސީލު ކުރުމަށްޓަކައި އެ ދާއިރާގެ ރައްޔިތުން އޭނާއަށް ދެއްވި ފުރުސަތަށް ދާއިރާގެ އެންމެހައި ބޭފުޅުނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތުގެ އޭނާ އަށް އެހީތެރިވެދެއްވި އާއިލާ އާއި، އޭނާގެ ޓީމް މެންބަރުންނާއި އެންމެހައި ބޭފުޅުންނަށް އިހްލާސްތެރި ޝުކުރެއް އަދާކުރައްވާ ކަމަށެވެ.
"ކުރިޔަށް އޮތް ތަނުގައިވެސް އެމްޑީޕީއާ އެކު ހުންނާނެކަމުގެ ޔަގީންކަން އަރުވަމުން, 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ކުރިމަތި ނުލާން ނިންމާފައިވާކަމުގައި ދަންނަވަން،" ހިސާންގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ހިސާން އަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސާވެސްމެއެވެ. އޭނާ ޖޭއެސްސީ އަށް އައްޔަން ކުރައްވާފައި ވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ ކޮމިޝަނަށް އައްޔަން ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
ހިސާންގެ ސިޔާސީ މަސައްކަތް ފެއްޓެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް ސެކެރެޓަރީގެ މަގާމުންނެވެ. އޭގެފަހުން އެކަމަނާ އަކީ އެމްޑީޕީގެ ލީގަލް ޓީމުގައި އިސްކޮށް އުޅުއްވި ކަނބަލެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ