ނަވާރަވަނަ ރައްޔިތުން މަޖިލީހުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދީ މަޖިލީހުގެ ނަން ހަޑި ކޮށްލާފައިވާ ކަމަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ މޭޔަރު ބައި އިލެކްޝަނުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާއިޝަތު އާޒިމާ ޝުކޫރުގެ ކެމްޕެއިން ހަފްލާއެއްގައި ރޭ ވާހަކަދައްކަވަމުން ނާއިބު ރައީސް ވަނީ އެއީ ތަރައްގީއާ ދުރު ވިސްނުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ބަޔަކަށް އަނެއްކާވެސް އިތުރު ފުރުސަތެއް ދީފި ނަމަ ތަރައްގީ ފަހަތަށް ސޮއްސާލައިގެން ދާނެ ކަމަށް ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ މިހާތަނަށް އެއްވެސް މަޖިލީހަކުން ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދީ ނެތް ކަމަށާއި ތާރީހުގެ ތެރޭގައި ވެސް މިއީ މަޖިލީހުގެ ނަން ރައްޔިތުންގެ ކުރިމަތީގައި ހަޑިކޮށްލި ފުރަތަމަ ފަހަރު ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ތަރައްގީ އިތުރަށް ފަހަތަށް ސޮއްސާލައިގެން ދާން މާލޭގެ ރައްޔިތުން ބޭނުން ނުވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. ރައީސް މުއިއްޒު ވަކި ކެންޑިޑޭޓެއްގެ އަތުގައި ހިއްޕަވައިގެން ނިކުންނެވުމުން ރައީސް މުއިއްޒުގެ އަތުގައި މާލޭގެ ރައްޔިތުން ހިއްޕަވާނެ ކަމީ ޝައްކު ކުރައްވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މީގެކުރިން މާލޭގެ މޭޔަރުކަމުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުއިއްޒު މާލެ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް ދެއްވާފައިވާ ކަމަށް ވެސް ނާއިބު ރައީސް ހުސައިންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ބޭނުންފުޅުވަނީ އެމަނިކުފާނުގެ ތަސައްވަރާއި އެއްގޮތަށް ކުރިޔަށް ދާނެ މޭޔަރެއް ކަމަށާއި އިދިކޮޅު ކެންޑިޑޭޓަކު އިންތިހާބުވެއްޖެ ނަމަ އެއީ ރައީސްގެ މުއިއްޒުގެ ވައުދުތަކަށް ހާއްސަކޮށް ބޯހިޔާވަހިކަން ފަދަ ވައުދުތައް ފަހަތަށް ހިނގައި ދާނެ ކަމަށް ވެސް ހުސައިންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އެހެންކަމުން ރައީސް މުއިއްޒުގެ ތަސައްވުރުގައި ހުންނެވި ކަންކަން ތަންފީޒު ކުރުމުގައި އެ މަނިކުފާނާ އެއްސަފެއްގައި އެއް އަޑަކުން ވާހަކަ ދެއްކޭނެ ގާބިލް ބޭފުޅަކު މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވުން މުހިއްމު ކަމަށް ވިދާޅުވިއެވެ،
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން
ސިޓީ ޕާކް މިމަހު ނިޔަލަށް ނިންމަން މިދަނީ މަސައްކަތް ކުރަމުން: އާޒިމް
އުންމީދަކީ އުފާވާ ޖަވާބުތަކެއް ސަރުކާރުން ލިބިގެންދިއުން: އިމްރާން
ހައްޔަރުކޮށްފައިވާ މަސްވެރިން ދޫކޮށްލުމަށް ނަޝީދު ގޮވާލައްވައިފި