މާލޭގެ މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް ތެރެއަށް ބިސްތަކެއް އަޅާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މިސްކިތް ތެރޭގައި ބިސް އަޅާފައިވާ މައްސަލައެއް ރޭ ދަންވަރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށަވެ. އަދި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މިކަން އާއްމުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ ހުޅުމާލެ ސަހަރާގައި މަސައްކަތް ކުރަމުން އަންނަ ޖަމާއަތްތެރިއެއް ކަމަށްވާ އަހުމަދު މުނައްވަރެވެ. ސޯޝަލް މީޑިއާގައި އޭނާ ވަނީ ޒިކުރާ މިސްކިތް ތެރެއަށް ބިސްތަކެއް އަޅާފައިވާ ފޮޓޯތަކެއް އާއްމުކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ