ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދަށްވުރެ، މުހިއްމީ އެމީހުން ރާއްޖެ އިން ފޮނުވާލުން ކަމަށް ސަރުކާރުން ބުނެފިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށާއި މި ސަރުކާރުގައި އެމީހުން އަނބުރާ ފޮނުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަކުރާރުކޮށް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވިދާޅުވެފައެވެ.
ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ ރަސްމީކޮށް އިންޑިއާ ސިފައިން ރާއްޖޭން ގެންދިއުމަށް އަންގަވައިފައެވެ.
ޕީޕީއެމް/ޕީއެންސީން ވެރިކަމުގައި އޮތްއިރު، ރާއްޖޭގައި އިންޑިއާ ސިފައިން ހާހުން ތިބި ކަމަށް ތުހުމަތުކުރިއެވެ. ނަމަވެސް މިހާތަނަށް ރައީސް މުއިއްޒުގެ ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު 88 އަށް އަރާ ކަމަށެވެ.
"އެންމެ ފަހުން ހާމަ ކުރި މައުލޫމާތުތަކުން ދައްކާ ގޮތުން ރާއްޖޭގައި ތިބީ 88 އިންޑިއާ ސިފައިން. މީގަ މުހިންމީ ތިބި އަދަދަށް ވުރެ ތިބިއްޔާ ތިބި ބަޔަކު ފޮނުވައިލުމުގެ މަސައްކަތް ކުރިޔަށް ދާކަން ރައްޔިތުންނަށް ކަށަވަރު ވުން،" ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމް ވިދާޅުވިއެވެ.
ސަރުކާރުން އެ މައްސަލާގައި މިހާތަނަށް ޖުމްލަ 10 ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އަންނަ މަހު އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ