މިހާރު ރާއްޖެއަށް ކުރަމުން ގެންދާ ވިއްސާރާގައި އައްޑޫ ސިޓީ މަރަދޫ ގެއެއްގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ ސ.މަރަދޫ "ފަޒާ" ގޭގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓިގެން، ގަސްކަނޑައި، އެ ސަރަހައްދު ސާފު ކުރުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު މިއަދު 08:44 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާއެކު، ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުންނާއި ސަދަން އޭރިއާ ކޮމާންޑުގައި މަސައްކަތް ކުރާ ސިފައިންގެ ޓީމެއް މިހާރި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
އަދި، ވެއްޓުނު ބަނބުކެޔޮ ގަސް ކަނޑައި، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު އެ ޓީމުން ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. ބަނބުކެޔޮ ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނަމަވެސް، ގަސް ވެއްޓިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ