ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވި ފުރަތަމަ ދުވަހު، މާލޭގެ ރައްޔިތުންނަށް އެކުންފުނީގެ އެމްޑީ ހުސައިން ފަހުމީ ވެވަޑައިގެންނެވި ފުރަތަމަ ވައުދު ފުއްދަވައިފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ހުސައިން ފަހުމީ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު ވެވަޑައިގެންނެވި ވައުދާއި އެއްގޮތައް މާވެޔޮ މިސްކިތް ކައިރީގައި ރައްޔިތުންނަށް ތަކުލީފަކަށް ވާގޮތައް ބަހައްޓާފައިވާ ޓްރާންސްފޯމަރުތައް އެތަނުން ނަގާފައިވާ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ އެ މަގުގައި ޓްރާންސްފޯމަރު ބަހައްޓާފައި ހުރި ސަރަހައްދު ބޭނުން ކުރެވޭނެ ގޮތް ހެދުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ. އަމާޒަކީ އައު އަހަރު ފެށުމުގެ ކުރިން އެ މަސައްކަތް އެއްކޮށް ނިންމާލައި އެސަރަހައްދު ހުޅުވާލުން ކަމަށްވެސް އެކުންފުނިން ބުންޏެވެ.
އެ ޓްރާންސްފޯމަރަކީ އެތަނުގައި ގިނަ އަހަރުތަކެއް ވަންދެން ބަހައްޓާފައި ހުރި ޓްރާންސްފޯމަރެކެވެ. ނަމަވެސް ދެ ސަރުކާރެއް ނިމިގެން ދިޔައިރު ވެސް ސްޓެލްކޯއާ ހަވާލިވި އެއްވެސް މެނޭޖުމަންޓަކުން އެކަމަށް ފަރުވާލެއް ބަހައްޓާފައެއް ނުވެއެވެ. ފަހުމީ މަގާމަށް އައްޔަން ކުރެއްވި ފުރަތަމަ ދުވަހު ވެސް އެ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލެއްވުމަށްފަހު އެ ޓްރާންސްފޯމަރު އެތަނުން ނަގާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން