އެމްޑީޕީ ދޫކޮށް ވެރިކަން ކުރާ މައިޕާޓީ ޕީއެންސީއާ ގުޅިވަޑައިގަތީ އަމިއްލަ މަންފާއެއް ހިމާޔަތް ކުރައްވަން ނޫން ކަމަށް ރޭ އެޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ރޭ މަވޯޓާއާއެކު ޖުމްލަ 13 މަޖިލިސް މެންބަރަކު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެ ހުރިހާ މެންބަރުންނަކީ ވެސް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުންނެވެ. އެ މެންބަރުން އެޕާޓީއާ ގުޅިވަޑައިގަތުމާއެކު ޕީއެންސީ ވަނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވެފައެވެ.
ދަރުބާރުގޭގައި އެބޭފުޅުން ސޮއި ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މަވޯޓާ ޝަރީފް ވިދާޅުވީ އޭނާ ޕީއެންސީއާ ގުޅިވަޑައިގަތީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށާއި ދާއިރާ އަށް ތަރައްގީ ހޯދައި ދިނުމަށް ކަމަށެވެ. އޭނާ ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ކަންކަން ހިނގާދިޔަ ގޮތުގެ ވާހަކަތައް ވެސް ރޭގެ ހަފްލާގައި ކޮންމެވެސް ވަރަކަށް ވިދާޅުވެދެއްވައިފައެވެ.
"އަޅުގަނޑު ހުރީ ރައީސް މުއިއްޒާ ހަމަ ސީދާ ދެކޮޅަށް. އިބޫ ސޯލިހް ނެރެން ފޫގަޅައިގެން. ވަރަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރިން ވަރަށް ބުރަ މަސައްކަތެއް ކުރިން. މުޅި ރާއްޖެއިން އަޅުގަނޑުގެ ދާއިރާ އިން އެ ނަތީޖާ ދައްކާފައި އޮންނާނީ. އެހެންނަމަވެސް އަޅުގަނޑު ހިތަށްއެރި އަޅުގަނޑަށް މިހުރެވުނީ ރަނގަޅު ފަޅީގައި ބާއޭ..." އޭނާ ވިދާޅުވިއެވެ.
ޕީއެންސީ އަށް އައީ އެއްވެސް ހާލަތެއްގައި މާކުރިން ދުރާލާ އެކަން ކުރަން ބޭނުންވެގެން ނޫން ކަމަށާއި ބޭނުންފުޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގައި ހުރެގެން ސަރުކާރު ޒިންމާދާރު ކުރުވަން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީން މަސައްކަތް ކުރަމުން ގެންދިޔައީ މުޅިން ދިމާ އިދިކޮޅަށް ކަމަށް ވިދާޅުވެ ޝަރީފް ވަނީ އެޕާޓީއަށް ފާޑު ވިދާޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ޥަރަށްހެޔޮއެދޭބޭފުޅެއްއެއީ އެހެންވެރިޝްވަތު ނުނަގަނީ އަދީބުއަތުން ރިޝްވަތުގެ ގޮތުގަ ފައިސާހިފުންވެސް އެމަނިކުފާނުގެ ހެޔޮކަން އެހެންނުންތޯ ރާޒީ އެމަނިކުފާނު ފުރަނައިގަ އުޅުއްވިއިރުވެސް ރިޝްވަތު ނުނަންގަވާ އަސްލަމް ރަޝީދުއާ އެއްލައުދޫ މަނިކު ދޭފައިސާބޭނުންކުރުންވެސް އެއީ ރިޝަވަތެއްނޫން އެހެންނުންތޯ
މުޖުތާޒުއާލާތްގަނޑު ރައްޔެތުންގެފާއިސާތައްބަހާމިއޮއްނަގަނީ ކުއްތާތައް
ފާުތުން