އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތަތޭ ކިޔާފައި ބޭނުންހާ އެއްޗެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ކުޅެން ނުހެދޭނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ކޮންމެ ދުވަހަކު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމަށްވުރެ ރައީސް މުއިއްޒުގެ ވަޒީރުންނަށް ރުހުން ދިނުން މާ އައުލާކަން ބޮޑު ކަމަށެވެ. ސަލީމް ވަނީ ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން "ރާވައިގެން" ކަންކަން ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެކަމުގެ ފަހަތުގައި ހުންނެވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދު ކުރިޔަށްދާ މަޖިލީހުގެ ޖަލްސާ އަކީ މިއަހަރު ބާއްވާ މަޖިލީހުގެ އެންމެ ފަހު ޖަލްސާއެވެ. ސަލީމް ވިދާޅުވީ އެންމެ ފަހު ޖަލްސާއާ ހަމައަށް އައިއިރު ވެސް ވަޒީރުންނަށް ރުހުން ނުދޭން އުޅެނީ ސަރުކާރު ވައްޓާލުމަށް ކަމަށެވެ.
"ރުހުން ވެސް ހޯދާނަން، ސަރުކާރު ވެސް ވައްޓައެއް ނުލެވޭނެ. އެކަމަށް ފުރުސަތެއް ނުދެވޭނެ. އަޅުގަނޑުމެން މިތިބީ އެކަމުގައި ހިފައިގެން، ސަލާމަތުން ތިއްބާ ނުޅަދާނައެއް ނޫން މި ސަރުކާރާ ކުޅެލާކަށް،" ސަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުވެސް ފަސް އަހަރު ދުވަސް ވަންދެން ދެމި އޮންނާނެ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ