ސިނަމާލެ ބްރިޖު މަރާމާތު ކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓްލެކޯ އިން ވަނީ ބްރިޖަށް މާލެ އިން އަރާ ސަރަހައްދުގައި ހުރި މޮނިއުމަންޓުގައި ހަރުކޮށްފައިވާ "ސިނަމާލެ ބްރިޖު" ޖަހާފައިވާ ނަން ބޯޑުގައި ހުރި ލައިޓުތައް ބަލާ ޗެކު ކޮށްފައެވެ. އެ ލައިޓުތަކަކީ މީގެ އެތައް ދުވަހެއް ކުރިން އަނދާފައިވާ ލަައިޓުތަކެކެވެ.
ފަހުމީ ވިދާޅުވީ ކުރީ ސަރުކާރުން ބްރިޖުގެ މަރާމާތުގައި އިހުމާލުވެފައިވާ ކަމަށާއި އެގޮތުން މޮނިއުމަންޓް ނަން ބޯޑުގައި ހުރި ލައިޓުތައް ވެސް ހަލާކުވެފައިވާ ކަމަށެވެ.
ފަހުމީ ވަނީ ސްޓެލްކޯ އަށް ފާހަގަކުރެވުނު ބައެއް އެހެން ކަންކަން ވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހިއްސާ ކުރައްވާފައެވެ. ވިދާޅުވީ 10 ޑީސީ ލައިޓުގެ ތެރެއިން ހަތް ލައިޓު ހަލާކުވެފައިވާ ކަމަށެވެ. ގިނަ އަދަދެއްގެ ލެޑު ލައިޓުތައް ހަލާކުވެފައިވާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
"ކުރީގެ ސަރުކާރުން އިހުމާލުވުމުގެ ސަބަބުން ސިނަމާލެ މޮނިއުމަންޓްގެ ނަން ބޯޑާއި ލައިޓްތައް ވަނީ ހަލާކުވެފައި،" ފަހުމީ ވިދާޅުވިއެވެ.
މިފަދަ މުހިއްމު އަދި ބޭނުންތެރި ހަރުމުދާތަކަކީ ގަވާއިދުން ބަލާ މޮނީޓާ ކުރަން ޖެހޭ ފަދަ މުދާތަކެއް ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި