ސަރުކާރަށް ފާޑު ކިޔާ ދެ ނޫހެއް ބްލޮކް ކުރުމުން ސަރުކާރަށް ޕްރެޝަރު ބޮޑުވެ، އެ ދެ ނޫސް އަލުން އަންބްލޮކް ކޮށްފިއެވެ.
ބްލޮކް ކޮށްފައި ވަނީ ދިޔަވަރު.ކޮމް ނަމަކަށް ކިޔާ ނޫހަކާއި ކުރުސީ.ކޮމް ނަމަކަށް ކިޔާ ނޫހެކެވެ. މި ދެ ނޫހަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބް ވިދާޅުވީ އެއްވެސް ވެބްސައިޓެއް މިހާރު ބްލޮކް ކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ނޫހެއް ބްލޮކް ނުކުރާ ކަމަށް ވިދާޅުވެ ޝަހީބް ވަނީ ސަރުކާރު ދިފާއު ކޮށްފައެވެ.
އޭނާ ވިދާޅުވީ ވެބްސައިޓުތައް ބަންދުކުރުމަކީ ކުރީ ސަރުކާރުތަކުން ވެސް ކޮށްފައި ހުރި ކަމެއް ކަމަށާއި މި ސަރުކާރުން ވަކި އާ ކަމެއް ނުކުރާ ކަމަށެވެ. ބައެއް ވެބްސައިޓުތައް މީގެކުރީ ސަރުކާރުތަކުން ބަންދުކޮށްފައި ވެސް އެބަ ހުރި އޭނާ ވިދާޅުވިއެވެ.
"މި ސަރުކާރު ވެސް އައިސް ނިޒާމުގެ ތެރެއިން ގާއުމީ ސަލާމަތާ އާންމުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުރަމުންދާ ކަންތައްތަކެއް ގަވާއިދުން ކުރާނެ،" ޝަހީބް ވިދާޅުވިއެވެ.
ރެޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ވެބްސައިޓެއް ސަރުކާރުން ބަންދުކޮށްފައި ނުވާނެ ކަމަށާއި އަދި ސަރުކާރަށް ފާޑުކިޔާތީ ވެބްސައިޓުތައް ބަންދު ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
"ސަރުކާރަށް ފާޑުކިޔަނީ އެ ދެ ވެބްސައިޓުން އެކަނިތޯ. ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ މީޑިއާތަކަށް އެބައޮތެއް ނޫންތޯ މިނިވަންކަން،" ޝަހީބް ފާހަގަކުރެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ