އައްޑޫ ސިޓީއަށް މިހާރު ކުރަމުން ގެންދާ ވިއްސާރާގައި ފޭދޫ އަދި ހުޅުމީދޫގައި ފެން ބޮޑުވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އައްޑޫ ސިޓީ ފޭދޫ އަދު މީދޫގައި 21 ގެއަކަށް ފެން ވަދެގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މީދޫގައި ބައެއް ގެއަކާއި ބައެއް ގެސްޓްހައުސްތަކާއި ފިހާރަތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.
އަދި ބުނީ ސިފައިންނާއި އެެހެނިހެން ފަރާތްތައް ގުޅިގެން ފެން ހިއްކުމާއި ވެލިބަސްތާ ޖެހުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ފުވައްމުލަކު ސިޓީން އައްޑޫ ސިޓީއަށް އޮރެންޖު އެލާޓު ނެރެފައެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް އެ އިދާރާ އިން ވަނީ ލަފާ ކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ