ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި، އިންޑިއާއިން ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު މުނޫ މަހާވަރާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.
އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އަސްކަރީ ދާއިރާއިން ގުޅުން ގާއިމްކުރެވިފައިވާ ދާއިރާތަކާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށާއި އަދި ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.
އެ ބައްދަލުވުމާއި ގުޅޭ ގޮތުން މުނޫ މަހާވަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަލާމަތީ ގޮތުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ޓަކައި އިންޑިޔާއާއި ރާއްޖޭގެ ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށެވެ.
ޗީފް އޮފް ޑިފެންސް އަބްދުއްރަހީމް، އިންޑިއާގެ ހައި ކޮމިޝަނަރާ ބައްދަލުކުރެއްވިއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ފަށައިފައެވެ. އަދި އިންޑިއާ ސިފައިން އަނބުރާ ރާއްޖެ އިން ފޮނުވާލުމަށް އެގައުމުގެ ސަރުކާރަށް ވަނީ އަންގައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ