ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިމާރާތް ކުރާ ފުރަތަމަ ސްކޫލުގެ ބިންގާ މިއަދު ހުޅުމާލެ ފޭސް ދޭއްގައި އަޅައިފިއެވެ.
ހުޅުމާލޭގެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ސްކޫލުތަކުގެ ތެރެއިނ،ް ފޭސް ދޭއްގައި އަޅާ ދެވަނަ ސްކޫލުގެ ބިންގާ އެޅުއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒެވެ.
މި ސްކޫލްގައި 54 ކްލާސްރޫމާއި ހޯލާއި ސްކޫލުތަކުގައި ހިމެނޭ އެހެނިހެން ވަސީލަތްތަކުގެ އިތުރުން ކުޅިވަރު ކުޅޭވޭނެ ޓާފް ދަނޑެއް ހިމެނެއެވެ.
ގާތްގަނޑަކަށް 1700 ދަރިވަރުންގެ ޖާގައިގެ މި ސްކޫލް އިމާރާތް ކުރަނީ ، ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން އާރްސީސީއާ ހަވާލު ކޮށްގެންނެވެ. ސްކޫލްގެ އަމަލީ މަސައްކަތް ޖެނުއަރީ މަސްތެރޭ ފެށުމަށް ހަމަޖެހިފައިވާއިރ،ު މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 18 މަސްދުވަހުގެ ތެރޭގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ