އަންނަ އަހަރުގެ މާޗު މަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފެށުމަށް ވަޒީރުން މަޖިލީހުގެ ލަފައާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި އެކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށްފަހު ވަނީ މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވިއަންއާ ގުޅިގެން 2024 މާޗު މަހުން ފެށިގެން އެ ހިދުމަތް ފެށުމަށް ނިންމައިފައެވެ.
އެގޮތުން މޯލްޑިވިއަންއާ ގުޅިގެން އެކަމަށް ހާއްސަ ދެ އެއާ އެމްބިއުލަންސް ބޭނުން ކުރުމަށާއި އެ މަޝްރޫއު ކުރިޔަށް ދާނީ މިހާރުވެސް މިނިސްޓްރީ އޮފް ހެލްތުގައި އެމަޖެންސީ އެމްބިއުލަންސްގެ ހިދުމަތްދިނުމަށް ކަނޑައަޅާފައިވާ ޑިޕާޓުމަންޓުން ކަމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.
އެއާ އެމްބިއުލާންސް ތައާރަފުކުރުމުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ ހަފުތާ 14ގައި ހިމެނޭކަމެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ