ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގާނޫނުގެ ދަށުން ފުރަތަމަ ޕްރޮޕޯސަލް ސަރުކާރަށް ލިބިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ކޮންސްޓްރަކްޝަން އެވޯޑު ދިނުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެސްއީޒެޑް ގާނޫނުގެ ދަށުން އެސްއީޒެޑް އިންވެސްޓްމަންޓުތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އޭގެތެރެއިން ފުރަތަމަ ޕްރޮޕޯސަލް ސަރުކާރަށް މިހާރު ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީ ވެސް ރިނިއުބަލް އެނާޖީގެ ދާއިރާއިން 110 މެގަވޮޓު ހާސިލުވެގެންދާނެ އެސްއީޒެޑް ޕްރޮޕޯސަލެއް," ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
އެސްއީޒެޑުގައި އެންމެ ކުޑަކޮށް އިންވެސްޓްކުރެވޭ މިންވަރަކީ 100 މިލިއަން ރުފިޔާ ރުފިޔާ ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
އެސްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ މިންވަރު 150 މިލިއަން ޑޮލަރުން 100 މިލިއަށް ޑޮލަރަށް ދަށްކޮށްފައިވާ ކަމަށެވެ.
ކުރީގެ އެ އަދަދަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޖެނުއަރީ 31، 2018 ގައި ނެރުއްވި ގަރާރަކުން ކަނޑައަޅާފައި އޮތް އަދަދެކެވެ. ނަމަވެސް އެ ގަރާރު މިހާރު ވަނީ ބާތިލުކޮށްފަ އެވެ.
ގަރާރަށް ގެނައި އިސްލާހުތަކުގެ ތެރޭގައި އެސްއީޒެޑްގައި ހިންގޭނެ މަޝްރޫއުތަކުގެ ގޮތުގައި ކުރިން ހިމަނާފައިވާ ކަންކަމުގެ ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ރައްކާތެރިކަން ހިމަނައި "ގޭސް އެކްސްޕްލޮރޭޝަން" ނުވަތަ ތެޔޮ ހޯދުން)އަދި އިއާދަކުރަނިވި ހަކަތަ ވަނީ ވަކިކޮށްފަ އެވެ.
އެސްއީޒެޑްގައި ހިންގޭނެ މަޝްރޫއުތަކުގެ ތެރޭގައި އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތްތަކުގެ މަސައްކަތްތަކާއި ޓްރާންސްޝިޕްމެންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން އަދި ޑޮކިން ސާވިސަސް އާއ ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީތައް ހިންގުމާއި ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، (އައިސީޓީ ޕާކް) އައިސީޓީއާ ގުޅޭ ފެސލިޓީތައް ގާއިމުކުރުމާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް ހެދުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާއްމުކުރުމަށް ހިންގޭ މަޝްރޫއުތައް ހިންގުމާއިފުޑް ސެކިއުރިޓީ އަދި ތެޔޮ ހޯދުން ހިމެނެ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ