އެންމެ ފުރަތަމަ ކުޅުދުއްފުށި ސިޓީން ފެނުނު، އަދި މިހާރު މާލެ ސަރަހައްދުން ވެސް ފެނިފައިވާ ފައިލޭރިއާ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސާފު ކުރުމުގެ ބޮޑު ޕްރޮގްރާމެއް ފެށުމަށް އާބަންކޯ އިން ނިންމައިފިއެވެ.
އާބަންކޯ އިން ބުނީ ފައިލޭރިއާ ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސްކޫލް ކުދިން، ސަރުކާރު އޮފިސް ކުންފުނިތައް ހިމެނޭހެން އެނެމެން ގުޅިގެން ސާފުކުރުމުގެ ބޮޑު ހަރާކާތެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. ހަމަ މިއާއެކު 'ފައިލޭރިއާއިން ރައްކާ' ނަމުގައި ކެމްޕެއިންއެއް ފަށައި، މިއަދު ހުޅުމާލެ 12 ޒޯންއަކަށް ބަހާލައިގެން ކޮންމެ ޒޯނެއްގައިވެސް މަދިރި އާލާވާ ތަންތަން ދެނެގަނެ މުޅި ހުޅުމާލޭގެ ސާވޭ ފެށިގެންދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
ފައިލޭރިއާ ކޮންޓްރޯލް ކުރުމަށްޓަކައި އާބަންކޯ އިން ވަނީ މި މަހުގެ 22 ވަނަ ދުވަހު އެޗްޕީއޭ އަދި ދިވެހި ރެޑް ކްރެސެންޓް އާއި ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ބިދޭސީންގެ ހެލަތް ސްކީރިންންގް ކުރިއަށް ވެސް ގެންގޮސްފައެވެ. އަދި މީގެ އިތުރުން ތިލަފުށި، ގުޅީފަޅު އަދި ހުޅުމާލެ ހިމެނޭހެން 23 ޑިސްމަބަރު ގައި ރެންޑޮމް ސާމަޕްލިން ކުރިއަށް ގެންގޮސްފައިވެއެވެ.
އާބަންކޯ އިން ބުނީ އެކުންފުނީގެ އެދުމަކީ އެ ހަރަކާތްތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ، އެންމެން އެކީގައި ގުޅިގެން މަސައްކަތްކޮށް ފައިލޭރިއާ ބަލި ޖެހޭ މަދިރި ފެތުރޭ ތަންތަން ނައްތާލުން ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ