މާލެ ސިޓީ މޭޔަރު ބައި އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާދަމް އާޒިމް މާލެއާ މެދު ގެންގުޅުއްވާ ތަސައްވަރު ހިމެނޭ މެނިފެސްޓޯ "ފަހި ތަނަވަސް މާލެ" ރޭ ލޯންޗުކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވަނީ މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. އެގޮތުން މާލެ އަށް ދިމާވެފައިވާ ޕާކިން މައްސަލައާ ކުނީގެ މައްސަލަ ފާހަގަކުރެއްވިއެވެ.
އެކަމަށް އާޒިމް ގެންނަވާ ހައްލަކީ ޕޮކެޓް ޕާކިންނާއި، ޕޮކެޓް ކުނިނަގާ ތަންތަނާއި ޕޮކެޓް ޕާކްތަކެވެ. އާޒިމް ވިދާޅުވީ އެކަންކަމަކީ މާލެއަށް ގެންނަން ޖެހޭ ކަންތައްތަކެއް ކަމަށެވެ. ރޭ ސަލްޓަންޕާކުގައި ބޭއްވި އެ ޖަލްސާގައި އާޒިމް ވިދާޅުވީ ކުނީގެ މައްސަލަ ހައްލު ކުރުމަކީ ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"ކުނި ހައްލު ކުރާނަމޭ ބުނުމުން ކަމަކު ނުދޭ، ކުނި ހައްލު ކުރާނެ ގޮތެއް ބުނެދެން ޖެހޭ،" އާޒިމް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އާޒިމް ވަނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކަން ފެށުމުން އެކަމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެތަން ހިއްކުމަކީ ސަރުކާރުން ކުރާ ބޮޑު އިސްރާފެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއްވެސް ވެރިކަމެއްގައި މީގެކުރިން ނުކުރެވި އޮތް ބޮޑު ކަމެއް ރައީސް ސޯލިހުގެ ސަރުކާރުގައި ކޮށްދެއްވާފައިވާ ކަމަށާއި އެއީ މާލޭގެ ރައްޔިތުންނަށް ގޯތިދީ އެ ރައްޔިތުން ބިންވެރި ކޮށްދިނުން ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް