ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަރެކްޝަންސްގައި ދެއްވުމަށް އެދިވަޑައިގެންނެވި ލުއިތައް އެމަނިކުފާނުގެ ވަކީލުން ހާމަ ކުރައްވައިފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރައީސް ޔާމީނަށް މީގެކުރިން ކަރެކްޝަންސް އިން ދިން ލުއިތަކުގެ ތެރެއިން މަނާ ކޮށްފައި ވަނީ ޓީވީ ސްޓޭޝަންތަކަށް ވަޑައިގެން ޕްރޮގްރާމުތަކުގައި ބައިވެރިވެވަޑައިގަތުން ކަމަށެވެ.
އެހެންކަމުން އެމަނިކުފާނުގެ ފަރާތްޕުޅުން ކަރެކްޝަންސްގައި އެދުނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވަން ނުވަތަ ބަސްދީގަތުން ދިނުމުގެ ހުއްދަ އަށް ކަމަށް ޝަމީމް ވިދާޅުވިއެވެ.
ދެވަނަ ކަމަކަށް އެދިވަޑައިގަތީ އެމަނިކުފާނާއި ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެމަނިކުފާނުގެ ގެކޮޅުން ބައްދަލު ކުރުމަކީ އެންމެ ފަސޭހަ ގޮތަށް ނުވާތީ ޕާޓީ އޮފީހަށް ވަޑައިގަތުމުގެ ހުއްދައަކަށް ކަމަށް ޝަމީމް ވިދާޅުވިއެވެ.
ކަރެކްޝަންސް އިން ރައީސް ޔާމީނަށް އިތުރު ލުއިތަކެއް ދީފައި ނުވަނީ ގާނޫނު ތަން ނުދޭތީ ކަމަށް އެ އިދާރާ އިން ބުނެފައިވެއެވެ.
ސިޔާސީ ކަންކަމުގައި ޔާމީން ބައިވެރިވާތީ ކަރެކްޝަނުން ޔާމީނާއެކު ހަދާފައިވާ އިގުރާރު އުވާލާނެ ކަމުގެ އިންޒާރު އެމަނިކުފާނަށް ކަރެކްޝަނުން ވަނީ ދީފައެވެ.
ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިތާ ދެވަނަ އަށް ވީ ދުވަހުއެވެ. އަދި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ކަރެކްޝަންސް އިން ޔާމީން މާލޭ ބަންދަށް ނުވަތަ ރަށު ބަންދަށް ދޫކުރެއްވިއެވެ.
ލުއިތައް ދެއްވުމާއެކު ޖެހިގެން އައި ރޭ އެމަނިކުފާނު ވަނީ ޕީޕީއެމް އޮފީހަށް ވަޑައިގެން ޔާމީން ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ޕީޕީއެމްގެ ޖަގަހަ ޖަލްސާއެއްގައި ވެސް ބައިވެރިވެވަޑައިގެން ވާހަކަދައްކަވައިފައެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު
ބިރުގަތަސް ނުރުހުނަސް ހަސަދަވެރިވިއަސް މީދެން ބޮޑުވަރު، މީދެން މީހަކު ނުދޭން އުޅޭވަރު ކަމެއްތަ؟؟
ސިހުން