ކުޅުދުއްފުށި ސިޓީން ފައިލޭރިއާ އަށް އިތުރު ބަޔަކު ޕޮޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ މި އަހަރު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ހިންގުނު ބިދޭސީ މަސައްކަތްތެރިންގެ ހެލްތު ސްކްރީނިންގް ކޭމްޕްގައި ބައިވެރިވި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް ބައެއް ފަރާތްތައް ޕޮޒިޓިވްވުމާއި ގުޅިގެން މިމަހުގެ އެކަކުން 19 އަށް ކުރެވުނު ސްކްރީނިންގް އިން ޖުމްލަ 25 ބިދޭސީން ވަނީ ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ސްކްރީން ކުރެވުނު 434 މީހުންގެ ތެރެއިން 409 މީހުން ވަނީ ނެގެޓިވްވެފައިވާ ކަމަށެވެ. އެ ފަރާތްތައް ރާއްޖެ އައިސްފައި ވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ "އެންޑެމިކް" ގައުމުތަކުން ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
އެ އެޖެންސީން ބުނި ގޮތުގައި އެ ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ.
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް