ހުޅުމާލެ 03 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހަފްތާތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އާބަންކޯ އިން އަންގައިފިއެވެ.
އާބަންކޯ އިން މިއަދު ބުނީ ހުސްކުރަންޖެހޭ ސަރަހައްދަކީ އެ ކުންފުނިން އެކުލަވާލެވިފައިވާ ޗާޓުގެ ސްޓޭޖް 2، ސައިޓް ބީ ނުވަތަ ފެހި ކުލައިން ފާހަގަކުރެވިފައިވާ ސަރަހައްދުގެ އިތުރުން ރަތް ކުލައިން ފާހަގަ ކުރެވިފައިވާ ސަރަހައްދު ކަމަށެވެ.
އެގޮތުން ނެގޭ އުޅަނދުތައް އެ ސަރަހައްދުގެ ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ. އަދި އެކަމާއި ގުޅިގެން އިތުރު މައުލޫމާތެއްވާނަމަ އެކޯޕަރޭޝަނުގެ ހޮޓްލައިން 1516 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމަށް ވެސް އާބަންކޯ އިން ވަނީ އެދިފައެވެ.
އެ މަޝްރުއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މިމަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3 63 ހެކްޓަރުގެ ބިން އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.
ކައުންސިލް އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނަގަނީ
އިލެކްޝަނަށް ރިފްއަތު އައްޔަންކުރަން ފެންނަ ކަމަށް ކޮމެޓީން ނިންމައިފި
ހުޅަނގު އައްސޭރީގެ ބިންތަކާ ގުޅޭ ނިންމުން ރާއްޖޭން ކުށްވެރިކޮށްފި
ގައުމު އަތުވާނީ ދެފުށް ފެންނަ ނިޒާމަކުން އިދާރާތައް ހިންގައިގެން
ކުރިޔަށް އޮތް ފަސް ދުވަހު ވެސް ވައި ނުސާފު ވާނެ: މެޓް