ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ވަޒީރުންގެ މުސާރަ ބޮޑު ކުރުމަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފިއެވެ.
މިއީ އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ރައީސާއި ނާއިބު ރައީސާއި އަދި މިނިސްޓަރުންގެ އިތުރުން ކައުންސިލް މެންބަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅާފައިވެއެވެ. މިއަދު މެންދުރު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މެންބަރުން ވަނީ މުސާރަތައް ބޮޑު ކުރުމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިހާރުގެ މުސާރައަކީ 100،000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މުސާރައަކީ 75،000 ރުފިޔާއެވެ. ނަމަވެސް ކޮމެޓީން މިއަދު ފާސްކުރީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް 120،000 ރުފިޔާ އަދިރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަސާސީ މުސާރަ 93،000 ރުފިޔާ ބޮޑު ކުރުމަށް ނިންމައިފައެވެ.
އެހެންކަމުން ރައީސްގެ މުސާރަ އަށް އިތުރުވެފައި މިވަނީ 20،000 ރުފިޔާއެވެ. އަދި ނާއިބު ރައީސްގެ މުސާރައަށް 18،000 ރުފިޔާ ވަނީ ބޮޑުވެފައެވެ.
ބޮޑުކުރަން ނިންމި އެހެން ބައެއް މުސާރަތައް:
- މިނިސްޓަރުންގެ މުސާރަ: 72،000 ރުފިޔާ
- ކައުންސިލް މޭޔަރުގެ މުސާރަ: 46،000 ރުފިޔާ
- ޑެޕިއުޓީ މޭޔަރު: 40،500 ރުފިޔާ
- ރަށު ކައުންސިލް ރައީސް 25،500 ރުފިޔާ
- ރަށު ކައުންސިލް ނައިބުން 20،000 ރުފިޔާ
- ސިޓީ ކައުންސިލް މެންބަރުން 35،000 ރުފިޔާ
- ރަށު ކައުންސިލް މެންބަރުން: 18،000 ރުފިޔާ
- ޕްރޮސިކިއުޓަރު ޖެނެރަލް: 74،000 ރުފިޔާ
- އުއްތަމަ ފަނޑިޔާރު: 91،000 ރުފިޔާ
- އެމްއެމްއޭގެ ގަވަރުނަރު: 74،000 ރުފިޔާ
- އޮޑިޓަރު ޖެނެރަލް: 74،000 ރުފިޔާ
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން
ރާއްޖެއޮތްހާލެއްނޭގުނުރައްޔިތުންތިބިހާލެއްނޭގުނުއަހުރެމެންގެހާލުއޮތީއަތުޖެހޭމީހަކުއަތިޖެހުނުގޮތަކަށްރައްޔިތުންފެލާލުންބާރުގަދަމީހާބާރުގެބޭނުންކޮށްގެންވެސްރައްޔިތުންފެލާލުން
އިއްބެސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރާނެ ބަޖެޓެއް ދޮތަ؟
ސިވިލް ސަރވިސް