އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް، އެ އެކްސިޑެންޓުގެ މަންޒަރު ދުއް މީހަކު ހުރިތޯ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓަކީ މިމަހުގެ 11 ވަނަ ދުވަހުގެ 16:28 ހާއިރު ހިތަދޫ، މެދެއާރި މަގާއި ޝަރަފުއްދީން މަގު ގުޅުނު ހަތަރު އަނގޮޅިން، ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓެއް ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި، ސައިކަލު ދުއްވި 83 އަހަރުގެ ފިރިހެން މީހާ އަށް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގެ މަންޒަރު ދުށް އެއްވެސް މީހަކު ހުރި ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅާ ހިއްސާ ކޮށްދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް އެ އެކްސިޑެންޓު ހިނގި މަންޒަރު ފެންނަ މީހަކު ހޯދަނީ ކީއްވެގެން ކަމެއް ކަމެއް ހާމައެއް ނުކުރެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ