ހުޅުމާލޭގައި ރޭ މަންމަ އަށް ތޫނު އެއްޗަކުން ހަމަލާ ދިނީ ނަފުސާނީ ބަލީގެ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ރޭ ބުނީ އެ ހާދިސާ ހިނގީ ރޭ އިރާކޮޅު 7:00 ޖަހަން އުޅެނިކޮށް ކަމަށެވެ. އެ ހާދިސާގައި ޒަހަމްކޮށްލި މީހާ އަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެ މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ 25 އަހަރުގެ މީހާ އޭނަގެ އުމުރުން 51 އަހަރުގެ މަންމަ އަށް ހަމަލާ ދިނީ އާއިލީ މައްސަލައެއްގެ ތެރެއިން ކަމަށެވެ. އަދި އެ މީހާ އަކީ ނަފުސާނީ ބަލީގެ މީހަކަށްވާތީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ ބެލުމުގެ ދަށުން އޭނަ އަށް އައިޖީއެޗްގައި މިހާރު ފަރުވާތަކެއް ދެމުނ އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ